އީދުފާހަގަ ކުރުމަށް ށ.ކަނޑިތީމުގައި ބޮޑު މަސް ރޭހެއް ބާއްވައި ރަށުގެ އެންމެނަށް ބާބަކިއުއެއް ބާއްވައިފިއެވެ.
މިމަސް ރޭހުގައި 17 ޓީމަކުން ބައިވެރިވިއިރު 328 ކިލޯގެ މަސް ބާނާފައިވެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ވަނީ ވަނަވަވެސް ހޮވާ އިނާމުދީފައެވެ.

އެއްވަނަ ޓީމަށް 2000 ރުފިޔާ ދީފައިވާއިރު ދެވަނަ ޓީމަށް ވަނީ 1500 ރުފިޔާ ދީފައެވެ. އަދި ތިންވަނަ އަށް އައި ޓީމަށް ދީފައިވަނީ 1000 ރުފިޔާ އެވެ.
މިމަސް ރޭހުގައި ބޭނި މަސްތަކުން މިރޭ ވަނީ ރަށުގެ ހުރިހާމީހުންނަށް ބޮޑު ބާބަކިއުއެއް ބާއްވައިފައެވެ.