"ވަކި މަޤާމަކަށް ދިއައިމަ އާސިއާން ޤައުމުތަކުން ބޭސްފަރުވާ އިންޝުއަރަންސް އިން ކުރެވިފަ، ނިކަމެތި މީހާއަށް އާސަންދަ ލިބުނީމަ މިއީ ހަމަޖެހޭ އުޞޫލެއް ނޫން. ބޭސް ފަރުވާއަކީ ހުރިހާ އިންސާނުންގެ އަސާސީ ޙައްޤެއް. މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަގޮތް ދައުލަތުން ހަމަޖެއްސުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން. ދައުލަތުން ދޭ އެއްޗެއް ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނީ ހަމަހަމަކޮށް."
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އަޙްމަދު ހިޝާން ކުރައްވާފައިވާ ޓްވީޓެކެވެ.
ހިޝާން މިމޭރުމުން ވިދާޅުވެފައިވާއިރު ނިކަމެތިންނަށް އާސަންދަ ލިބެނީ އާސަންދަ ބޯޑަށް ދޭން ފެނިއްޖެ ނަމައެވެ. އިންޝުއަރަންސް ކާޑު ލިބިވަޑައިގަންނަވާ ބޭފުޅުން ބޭނުންފުޅު ކަމަކަށް ބޭސް ކުރެއްވުމުގެ ފުރުޞަތު އޮވެއެވެ. އަދި އާސަންދައިން ނުލިބޭ ބޭސްތައް ހުންނައިރު އެބޭފުޅުންނަށް ހަށިކޮޅަށް ބޭނުންވާ ވިޓަމިންތަކާއި "ޚާއްޞަ" ފަރުވާ ވެސް ލިބިވަޑައިގަންނަވާ ކަމުގެ ޝަކުވާ ގިނަ ބައަކު ދަނީ ކުރަމުންނެވެ.
Vaki magaamakah dhiyaima Asian gaumuthakun beys faruva insurance in kurevifa nikamethi mehaa ah Aasandha libunyma mi ee hamajehey usooleh noon. Beys faruvaa akee hurihaa insaanunge asaasee haggeh.
— Ahmed Hishan (@AhmedHishan) August 16, 2019