ޓްރިވެންޑްރަމުން އެތެރެކުރަން އުޅުނު 2 މިލިއަނެއްހައި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޓްރިވެންޑްރަމުން އެތެރެކުރަން އުޅުނު 2 މިލިއަނެއްހައި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ މިހިނގާ އޮގަސްޓްމަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްއިން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން ވަނީ މަސްތުވާތަކެތީގެ ދެ ބާވަތެއްކަމަށްވާ ހެރޮއިން އަދި ކޮކެއިންއަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

# ނަން ބަރުދަން (ޕެކިންގއާއިއެކު) މަގުމަތީ އަގު (ރުފިޔާ)

1 ކޮކެއިން 0.333 ކިލޯ 1,165,000.00

2 ހެރޮއިން 1.095 ކިލޯ 766,500.00

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.43 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.93މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިތަކެތި އެތެރެކުރަން އުޅުނު މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާރެވިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މިއަދު އޮންލައިން