ވީޑިއޯ: ބުޅަލަށް ކީރިތި ޤްރުއާން އެނގޭވަރަށް އިންސާނުންނަށް ނޭނގުމަކީ ވަރަށް ބޮޑު އުނިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ވީޑިއޯ: ބުޅަލަށް ކީރިތި ޤްރުއާން އެނގޭވަރަށް އިންސާނުންނަށް ނޭނގުމަކީ ވަރަށް ބޮޑު އުނިކަމެއް!

ޚަބަރުގަވާ ޓްވީޓުގައިވާ ވީޑިއޯއަކީ މި ހިނގާ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު މީހަކު ޢާންމުކޮށްފައިވާ ވީޑިއޯއެކެވެ. މިފަދަ ގިނަ ވީޑިއޯތައް އަބަދުވެސް ދަނީ ފެންނަމުންނެވެ. ބުޅަލަށްވެސް ކީރިތި ޤްރުއާން ވަކިކުރަން އެނގެއެވެ. އެއީ ޙުރުމަތްތެރިވެގެންވާ ފޮތެއްކަން އެނގެއެވެ.

ރާއްޖެއިން ވެސް ވަނީ މިފަދަ އެތައް ކަމެއް ފެނިފައެވެ. ދާދިފަހުން ފާމުދޭރިމަގުގައި ހުރި ފަރިވާ ޓްރޭޑަރސް ފިހާރަ އަނދައިގެން ދިއައިރު، ކީރިތި ޤްރުއާނުގެ ތަރުޖަމާ ބާއްވާފައި އޮތް އަލަމާރި ނުތަ ހަރުގަނޑުވެސް އަނދައިގެން ދިއައެވެ. ނަމަވެސް ތަރުޖަމާ އަނދައިގެން ނުދާކަން ވަނީ ހާމަވެފައެވެ. މިފަދަ އެތައް ކަންތައްތަކެއް ދަނީ ފެންނަމުންނެވެ.

ވީމާ މިކަންކަން އިންސާނުންނަށް ޤަބޫލު ނުކުރެވޭނަމަ އެއީ އިންސާނާގެ ހުރި ވަރަށް ބޮޑު އުނިކަމެކެވެ. އެފަދަ މީހުންނަށްޓަކައި އޮތީ ހެޔޮ ދުޢާ ކުރުމެވެ.

 

https://twitter.com/meriambnd/status/1162438564556300289

 

މިއަދު އޮންލައިން