އެއް ލައްކައަށްވުރެ ގިނަ ރުފިޔާގެ ތަކެއްޗާއެކު ވެރިއަކު ނެތި ދޫކޮށްލާފައި ހުރި ޗެނެލް 13 ގެ ފޮށިގަންޑެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު ވެރިފަރާތާއި ޙަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ފޮށިގަނޑު ފެނުނީ އިއްޒުއްދީން ފާލަންކައިރީގައި ހުއްޓައި ކަމަށެވެ. އަދި ގަލޮޅު ޕޮލިސްގެ ބެލުމުގެދަށުން މިހާރު ވަނީ އެ ފޮށިގަނޑު ޗެނެލް 13 އާއި ޙަވާލުކޮށްފައި ކަމަށެވެ.
ފުލުހުން ގެންދަނީ މަގުމަތިން ފެންނަ މިފަދަ ތަކެތީގެ ވެރިފަރާތް ހޯދައި ހަވާލުކުރަމުންނެވެ. އެ ގޮތުން ގިނަ އަދަދެއްގެ ފައިސާ ހުރި ދަބަހެއްވެސް ވަނީ ދާދިފަހުން ހަވާލުކޮށްފައެވެ.