މުސްކުޅި ޢުމުރުގަ މިގޮތަށް މިސްކިތަށް ގެންގޮސް ދޭނެ އަންތބަކު ލިބުމަކީ އެންމެ ބޮޑު ނަޞީބު- ހޯދޭނީވެސް ބުރަ މަސައްކަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މުސްކުޅި ޢުމުރުގަ މިގޮތަށް މިސްކިތަށް ގެންގޮސް ދޭނެ އަންތބަކު ލިބުމަކީ އެންމެ ބޮޑު ނަޞީބު- ހޯދޭނީވެސް ބުރަ މަސައްކަތުން!

ޚަބަރުގައި އެވަނީ މީހަކު ޢާންމުކޮށްފައިވާ ޓްވީޓެކެވެ. ފެންނަނީ ވަރަށް މުސްކުޅިވެފައި ހުރި ފިރިހެނަކު ކުޑައެއްގެދަށުގައި ބަހައްޓައިގެން މިސްކިތަށް ގެންގޮސްދޭތަނެވެ.

މުސްކުޅި އުމުރުގައި މިފަދައިން އެހީތެރިވެދޭނެ އަންތބަކު ލިބުމަކީ އެންމެ ބޮޑު ނަޞީބުކަމުގައި ބުނެވިދާނެއެވެ. ހަމަ އެއާއިއެކު އެފަދަ އަންތބަކު ހޯދޭނީވެސް ބުރަ މަސައްކަތުންކަން ފާހަގަކުރެވެއެވެ. ހަމަ އެއާއިއެކު އަނބިމީހާ ނުވަތަ ފިރިމީހާއަށް ނަމާދުކުރަން އެހީތެރިވުމަކީ ވެސް ނުހަނު މަތިވެރި އަޅުކަމެކެވެ.

މިފަދަ މަންޒަރުތައް މީގެ އަހަރުތަކެއް ކުރިން ޢާންމުކޮށް ފެނުނު ނަމަވެސް މިހާރު މިފަދަ މަންޒަރުތައް ފެންނަނީ ވަރަށް މަދުންނެވެ. ވީމާ ދިރިއުޅުމުގެ ކަންކަމަށް މިދަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ.

މިއަދު އޮންލައިން