މާލެއިން ޓްރީޓޮޕް ހޮސްޕިޓަލަށް ކުރި ދަތުރަކަށް ސަތޭކަ ރުފިޔާ ނެގި މައްސަލައެއް ސަމާލުކަމަށް ގެނެސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މާލެއިން ޓްރީޓޮޕް ހޮސްޕިޓަލަށް ކުރި ދަތުރަކަށް ސަތޭކަ ރުފިޔާ ނެގި މައްސަލައެއް ސަމާލުކަމަށް ގެނެސްފި

މާލެއިން ޓްރީޓޮޕް ހޮސްޕިޓަލަށް ކުރި ދަތުރަކަށް 100 ރުފިޔާ ނެގި މައްސަލައެއް ސަމާލުކަމަށް ގެނެސްފިއެވެ.

ފުލުހުންނާ ޓްރާންސްޕޯޓް އޮތޯރިޓީގެ ސަމާލުކަމަށް ގެނައުމަށް ކުރި ޓްވީޓްގައި ބުނެފައިވަނީ ލޯޔަލް ޓެކްސީގެ ޑްރައިވަރަކު މާލެއިން ހުޅުމާލެއަށް ކުރި ދަތުރަކަށް 100 ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި "ޑްރައިވަރުން ބުނެގެން މައްސަލަ ކޯޓުން ހިފަހައްޓާފައިވާ ކަމަށް" ޑްރައިވަރު ބުނި ކަމަށެވެ.

ލޯޔަލް ޓެކްސީ އިން ބުނީ މީހުން ގުޅުމުން ހުޅުމާލެ ދަތުރަށް ޓެކްސީ ފޮނުވާ ކަމަށެވެ. ނަމަވެސް ނަގަނީ ކިހައި ވަރެއްކަން އެނގިފައި ނުވާ ކަމަށެވެ. އޮޕަރޭޓަރު ބުނީ "ބައެއް ޑްރައިވަރުން ހިލޭ ވެސް ދަތުރުކޮށްދޭ. ސަރުކާރު އަގަކީ 75." ކަމަށެވެ.

ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިއަދު އޮންލައިން