ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް، މަގާމުން އިސްތިއުފާ ދެއްވައިފި!

ކިޔުމަށް ހޭދަވާނީ 57ސ
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް، މަގާމުން އިސްތިއުފާ ދެއްވައިފި!

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) މޯލްޑިވްސް ގެ ރައީސް މުޙައްމަދު ނިޒާރް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިކަން އިއުލާން ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ނިޒާރް ވިދާޅުވެފައިވަނީ، ފަސް އަހަރާއި 26 ދުވަހު ޕްރައިވެޓައިޒޭޝަން ބޯޑުގައި މަސައްކަތް ކުރެއްވުމަށްފަހު މިއަދު އެމަނިކުފާނު "އެ ޓައީ ނަންގަވާފައިވާ" ކަމަށެވެ.

އިސްތިއުފާ ދެއްވި ވަކި ސަބަބެއް ބަޔާންކޮށްފައި ނެތް ނަމަވެސް ނިޒާރު ވިދާޅުވީ އެމަނިކުފާނު މުޅިއަކު 34 އަހަރު ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ ކަަމަށާއި މިފުރުސަތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވި ހުރިހާ ސަރުކާރަކަށާއި ޕީސީބީ ގެ ބޯޑް މެމްބަރުންނަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

މިއަދު އޮންލައިން