ހާބަރު ފުޑްކޯޓުން 3 ޔުނިޓެއް ކުއްޔަށް ދޭން އިއުލާންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހާބަރު ފުޑްކޯޓުން 3 ޔުނިޓެއް ކުއްޔަށް ދޭން އިއުލާންކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލެ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން ހިދުމަތް ނުދީ ހުރި ތިން ޔުނިޓެއް ކުއްޔަށް ދޭން އިއުލާންކޮށްފިއެވެ.

މިކަމާގުޅިގެން އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 26 އާއި ޔުނިޓް ނަމްބަރު 22 ގެ އިތުރުން އަމީނީ މަގާވީ ފަޅީގައި ހުރި ނަމްބަރު 10 ކަމަށެވެ.

53 ރުފިޔާގެ މަގުން ކުއްޔަށް ދޭން ނިންމާފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ކުއްޔަށްދޭން އިއުލާންކުރި އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 26 ވަނަ ފުޑް ކޯޓުގައި 960 އަކަފޫޓު ހުރިއިރު ޔުނިޓް ނަމްބަރު 22 ގެ ބޮޑު މިނަކީ 1660 އަކަފޫޓެވެ. އަދި އަމީނީ މަގާވީ ފަޅީގައި ހުރި ޔުނިޓުގެ ބޮޑު މިނުގައި 960 އަކަފޫޓް ހުންނާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި ތިން ޔުނިޓަށް ބިޑް ކުރުމުގެ ފުރުސަތު މި މަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައި ވާއިރު އެ ޔުނިޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބު ކުރާ ފަރާތްތަކުން ހަތް ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ތިން މަސް ދުވަހުގެ ކުލި އެޑްވާންސްކޮށް ދައްކަން ޖެހޭނެ ކަމަށް އެސްޓީއޯގެ އިއުލާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން