ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދެނީ!

ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ފަރާތުން ރާއްޖެއަށާއި ނޭޕާލް އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އިދާ ސްވަރާއީ ރީޑިއޯ އެވެ.

ވޯލްޑް ބޭންކުގެ މި އެއްބަސްވުމުގެ ދަށުން ޕަބްލިކް ފައިނޭންސްސިން ފްރޭމްވޯކު ހަރުދަނާ ކުރުމަށް 20 މިލިއަން ޑޮލަރުގެ އެހީ ދޭއިރު ގުދުރަތީ ހާދިސާތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް (ޕެންޑެމިކް އެމަޖެންސީ) 10 މިލިއަން ޑޮލަރުގެ އެހީ ދޭނެއެވެ.

 

 

މިއަދު އޮންލައިން