ޑރ. އިޔާޟްގެ ބޮޑުދައިތަ ޙާފިޡާ ޢުމަރުގެ ކަށުނަމާދު ފުރްޤާން މިސްކިތަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ޑރ. އިޔާޟްގެ ބޮޑުދައިތަ ޙާފިޡާ ޢުމަރުގެ ކަށުނަމާދު ފުރްޤާން މިސްކިތަށް ބަދަލުކޮށްފި

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބޮޑުދައިތަ ޙާފިޡާ ޢުމަރު (ހ. އެލަޕާޝޯ)ގެ މައްޗަށް ކަށު ނަމާދުކުރުން ފުރްޤާން މިސްކިތަށް ބަދަލުކޮށްފިއެވެ. އެހެންކަމުން ޙާފިޡާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު ފުރުޤާން މިސްކިތުގައެވެ. 

ޢާއިލާގެ އިސްބޭފުޅަކު ވިދާޅުވީ  ހިނެވުމުގެ ކަންކަން އާސަހަރާ މިސްކިތުގައި މިހާރު ފެށިގެން ކުރިއަށް ގެންދާ ކަމަށާއި އެކަންކަން ނިމުމުން މޫނު ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. 

ކަށުނަމާދާއި ޖަނާޒާގައި ވީހައި ގިނަ ބައަކު ބައިވެރިވެ ދިނުމަށް ޢާއިލާއިން އެދެއެވެ. 

ޙާފިޡާއަކީ ވަރަށް ގިނަ މީހުންނާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން