ކައުންސިލްތައް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކައުންސިލްތައް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ

ރާއްޖޭގައި އުފެދިފައިވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދައުލަތުން ކައުންސިލްތަކަށްދޭ ފައިސާ އަންނަ އަހަރު އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ކައުންސިލްތައްވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

ކައުންސިލްތަކުގެ މައިގަނޑު ޝަކުވާއަކަށްވެފައި އޮންނަނީ ކަންކަން ކުރާނެ ފައިސާ ދައުލަތުން ކައުންސިލްތަކަށް ނުދީ ފިއްތަމުން ގެންދިއުމެވެ. އަދި ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން ސަރުކާރުގެ އިދާރާތަކުން ކުރަމުން ގެންދާތީ ކައުންސިލުތަކުގެ މަސައްކަތްތަކަށާއި ކައުންސިލްތަކުން އަދާކުރަންޖެހޭ ދައުރަށް ހުރަސްއެޅެމުން އަންނަކަންވެސް ކައުންސިލްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން