މާމެންދޫގައި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
މާމެންދޫގައި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް  ކުރިއަށް ގެންގޮސްފި

 ގއ. މާމެންދޫގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ ކަންކަަމަށް ސަމާލުވެ ރައްކާތެރިވުމާއި އަދި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި ފިހާރަ ބަންދުކުރާއިރު ފިހާރާގައި ފައިސާ ނުބެހެއްޓުމާއި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް ނަސޭޙަތްތެރިވެ ފިހާރަތަކުގައި ސީސީޓިވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

މީގެއިތުރުން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ރަށުގައި ކުށްމަދު ކުރުމާއި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތީކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށް ފުލުހުންނާ ވިޔަފާރިވެރިންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ވިޔަފާރި ކުރަން އަންނަ އެއްވެސް މީހެއްގެ ފަރާތުން ޝައްކުވާ ކަހަލަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މައްސަލަތައް ރިޕޯޓް ކުރުމަށް ގުޅޭނެ ނަންބަރުވެސް ހިއްސާކޮށްފައިވެއެވެ.

މިއަދު އޮންލައިން