ކޯޓަށް ޙާޟިރުކުރުމަށް ދެ މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޯޓަށް ޙާޟިރުކުރުމަށް ދެ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހުން ހޯދަނީއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަނީ މާލެ، ވ.ރާހި، މުޙައްމަދު ބާޤިރު (48އ)  އާއި ވ. ހިޖުރަ ހުޅަނގުބައި، މުޙައްމަދު ރަޝީދު (27އ) އެވެ.

މުޙައްމަދު ބާޤިރު ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 26 ވަނަ ދުވަހުގެ 09:45  އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 25 ވަނަ ދުވަހުގެ 09:30  އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ  މިދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރެއްވުން އެދެއެވެ. 

މިއަދު އޮންލައިން