ކުޅުދުއްފުށި ފެން ޕްލާންޓްގެ މައްސަލަ ދެ ހަފްތާ ތެރޭ ހައްލުވާނެ: އެމްޑަބްލިޔުއެސްސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކުޅުދުއްފުށި ފެން ޕްލާންޓްގެ މައްސަލަ ދެ ހަފްތާ ތެރޭ ހައްލުވާނެ: އެމްޑަބްލިޔުއެސްސީ

ކުޅުދުއްފުށީގައި ގާއިމްކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުޚާނާގެ މެޝިނަށް ދިމާވި މައްސަލަ ދެ ހަފްތާގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.

އެކުންފުނީގެ އޮފިސަރަކު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މެޝިނަށް ދިމާވީ ލޭބަލްގެ ކޮލިޓީގެ މައްސަލައެއް ކަމަށާއި އެމައްސަލަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

މެޝިނަށް މައްސަލަ ދިމާވެ ފެން ބަންދު ކުރުން ވަގުތީގޮތުން މެދުކެނޑިފައިވާކަން އެތަނުން ފެން ގަންނަ ބޮޑެތި ވިޔަފާރިތަކަށް އަންގާފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ. އަދި މިދުވަސްތަކުގައި ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް މާލެއިން ކުޅުދުއްފުއްޓަށް ފެން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ. 

ކުޅުދުއްފުށީގައި ގާއިމް ކޮއްފައިވާ ފެން ޕުލާންޓަކީ ގަޑިއަކު 900 ފުޅި ފެން އުފެއްދޭ ޕްލާންޓެކެވެ. ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕްލާންޓުން 330 މލ، އާއި 500 މލ އާއި 1.5 ލ. ފެންފުޅި ބަންދުކޮށް ވިއްކަމުންގެންދެއެވެ.

މިއަދު އޮންލައިން