އުކުޅަހުގައި ކުޑަކުއްޖެއްގެ ގައިގަ ސައިކަލަކުން ޖެހި އަނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އުކުޅަހުގައި ކުޑަކުއްޖެއްގެ ގައިގަ ސައިކަލަކުން ޖެހި އަނިޔާވެއްޖެ!

އއ.އުކުޅަހުގައި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:15 ހާއިރު އެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އުކުޅަހުގައި މަގުމަތިން ހިނގާފައިދިޔަ ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ދުއްވާފައިދިޔަ ސައިކަލުން ޖެހި މިއަދު ހަވީރު އެކްސިޑެންޓް ވެފައިވާ ކަމަށާއި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް މީހަގެ އަތުގައި ލައިސެންސް ނެތް ކަމަށެވެ.

މި އެކްސިޑެންޓުގައި ކުޑަކުއްޖާގެ ކަކުލުން ތަންކޮޅެއް ހަން ގޮސްފައި ވާއިރު އެރަށު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު އިތުރު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން