ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ޖެހިގެންހުރި ސޯމިލް އިމާރާތަށް ބަދަލުކޮށްފިއެވެ.
ޗައިނާގެ އެހީގައި މި އިމާރާތުގެ މަސައްކަތްތައް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި އެއްބަސްވުމުގެ ދަށުން، ފޮރިން މިނިސްޓްރީގެ އިމާރާތް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނެއެވެ.
ފޮރިން މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އަލަށް ބަދަލުވި ސޯމިލް އިމާރާތުންވެސް ދޭނެއެވެ.