ރައީސް މައުމޫނުގެ ނަންފުޅުގައި އިއްޔެ ނެރުނު ބަޔާނުގައި އެ ބަޔާން ލިޔުނު މީހަކު ވަނީ ދޮގެއް ތެދެއް ނުބަލައި ޞަހާބީއަކަށް އެއްޗެތި ގޮވާފައި ކަމަށް ޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޝައިޚް ސިނާން ވިދާޅުވީ އަބޫބަކުރު (ރޢ) އަކީ މުޣީރާ ބުން ޝު'ބާއަށް ޒިނޭގެ ތުހުމަތު ކުރެވުމުން އެކަމަށް ހެކިވެރި ބޭކަލެއް ކަމަށެވެ. "ޒިނޭކުރިކަމަށް 4 ހެކިން ބޭނުންވާއިރު ހެކި ހަމަނުވުމުގެ ސަބަބުން ޙައްދު ޖެއްސެވީ. އެއްވެސް ޙާލެއްގަ ދޮގަކަށް ވެގެނެއް ނޫން. ހެކި ހަމަނުވީމަ ޙައްދު ސާބިތު ނުވީ."

"ހާދިސާ އަކާއި ގުޅިގެން ޞަހާބީއަކު ހަދީސެއް ރިވާކުރެއްވުމަކީ ދޮގު ތުހުމަތު ކުރެވޭނެ ކަމެއް ނޫން. އަދި އަހުލު ސުންނަތުގެ އަހުލުވެރިންގެ އަރިއަހުގަ ހުރިހާ ޞަހާބީންނަކީވެސް ތެދުވެރިން" ކަމަށް ވިދާޅުވެ މިކަމުގައި މި ފޮތް (ތިރީގައިވާ ލިންކްގައިވާ) ވިދާޅުވުމަށް ޝައިޚް ސިނާން ވަނީ އިލްތިމާސްކުރައްވައިފައެވެ.