އަނިޔާކޮށް ޒަހަމްތަކެއް ދިނުމަށްފަހު ސ.މަރަދޫ ފުއްޓަރު ފަރާތަށް އެއްލާލާފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.
ސ.މަރަދޫ ފުއްޓަރު ފަރާތުން މިމީހާ ފެނުނު އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިމީހާއަކީ ދިވެހި ފިރިހެނެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 15:30 ހާއިރު ކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މިމީހާ މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.