އެރި އޮޅުމަކުން ތުއްތު ކުއްޖަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެފަހަރަށް ދެވިއްޖެއެވެ.
އެރަށުގެ ޞިއްޙީ މަރުކަޒުން ބުނީ އޮޅުން އެރީ ބަލަންވީވަރަށް ނުބެލިގެން ކަމަށާއި ނަޞީބަކުން އެ ވެކްސިން އިތުރަށް ދެވިގެން ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން މިހާރު ޔަޤީންކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މާލޭގެ ކަމާއިބެހޭ ފަރާތްތަކަށްވެސް ގުޅިން. ހުރިހާ ފަރާތަކުން ވެސް ބުނެފައިވަނީ އެކަމުން ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް. އެކަން އެނގުމުން ކުއްޖާއަށް އިތުރު ގޮތެއްވޭތޯ ވެސް ބެލިން. އިރާދަފުޅުން އެފަދަ އެފަދަ އެއްވެސް ކަމެއް މެދުވެރިއެއް ނުވޭ."
ޞިއްހީމަރުކަޒުތަކުގައި ވެކްސިން ޖަހަމުން ގެންދާއިރު މިފަދަ ކަންކަން މެދުވެރިނުވާނެ ގޮތަކަށް ކަންކަން ބަލަހައްޓައި ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. ކުއްޖާއަށް ގެއްލުން ލިބޭ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ ބަދަލެއް ނުދެވޭނެއެވެ. އަދި އެފަދަ ކަމެއް އެމީހެއްގެ ދަރިއަކަށް މެދުވެރިވުމަކަށް އެއްވެސް މީހަކު ނުއެދޭނެއެވެ.