ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައ ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައ ފަށައިފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީ އިން ހުށަހެޅި ރިޕޯޓް ދިރާސާކުރި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރިޕޯޓް ހުށަހަޅުއްވަމުން ޖޫޑިޝަލް ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މައްސަލަ ބެލި ކޮމިޓީގެ 8 މެންބަރުން ގެ އިއްތިފާޤުން ނިންމާފައިވަނީ ޖޭއެސްސީއިން ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ބަލައި ނިންމާފައިވަނީ ޤާނޫނުތަކާއި އިޖުރާތުތަކާއި އެއްގޮތަށް ކަމަށެވެ.

ބައެއް މެންބަރުން ފާހަގަކުރެއްވިގޮތުގައި ޢަބްދުﷲ ދީދީ ކުރައްވާފައިވާ މެސެޖުތަކުން މައްސަލައިގައި އިތުރަށް ޢަބްދުﷲ ދީދީ އާއި ސުވާލުކުރުމުގެ ވެސް ބޭނުމެއް ނެތެވެ. ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ ސުލޫކީ މައްސަލަތައް ވަނީ ސާބިތުވެފައެވެ.

މިއަދު އޮންލައިން