ތިންސަތޭކަ މިލިއަން ޖަޕަނީސް ޔެންގެ މެޑިކަލް އިކުއިޕްމަންޓް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިންސަތޭކަ މިލިއަން ޖަޕަނީސް ޔެންގެ މެޑިކަލް އިކުއިޕްމަންޓް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި

300,000,000 ތިންސަތޭކަ މިލިއަން ޖަޕަނީސް ޔެން (41,427,540 ދިވެހި ރުފިޔާ) ގެ އަގުހުރި މެޑިކަލް އިކުއިޕްމަންޓް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފައިވަނީ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2018" ގެ ދަށުންނެވެ.

މިތަކެތި ރާއްޖެއަށް ހަދިޔާ ކުރެއްވީ ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުއްނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އޮފް ހެލްތު ޢަބްދުﷲ އަމީނެވެ.

މިކަމަށް މިނިސްޓްރީ އޮފް ހެލްތުގައި ވަނީ ހަފްލާއެއް ބާއްވާފައެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި އިކުއިޕްމަންޓްތަކުގެ ތެރޭގައި ޑިފިބްރިލޭޓަ، ޑެންޓަލް ޔުނިޓްސް، ޑެންޓަލް އޮޓޯކްލޭވްސް، ޑެންޓަލް އެކްސް-ރޭ ފިލްމް ޑިވިލޮޕަސް، އަލްޓްރާ ސައުންޑް ސްކޭނަގެ އިތުރުން ޕޯޓެބަލް އަލްޓްރާ ސައުންޑް ސްކޭނަ، ޓްރާންސްޕޯޓެބަލް އިންކިއުބޭޓަސް، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ އަދި އެމަޖެންސީ ޓްރާންސްޕޯޓް ވެންޓިލޭޓަރ ހިމެނެއެވެ. 

މީގެ އިތުރުން ރާއްޖެއަށް 21 ޕެރެމެޑިކް އެމްބިއުލާންސް ހަދިޔާކުރެއްވުމަށް ވެސް ވަނީ ޖަޕާނު ސަރުކާރުން ވަނީ ނިންމައިފައެވެ.

 

 

 

 

މިއަދު އޮންލައިން