ބ.މާޅޮހުގައި ހައިޑްރޮޕޮނިކްސް ޕްރޮގްރާމެއް ފަށައި ދިހަގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ބ.މާޅޮހުގައި ހައިޑްރޮޕޮނިކްސް ޕްރޮގްރާމެއް ފަށައި ދިހަގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީ

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބ.މާޅޮހުގައި ހައިޑްރޮޕޮނިކްސް ޕްރޮގްރާމެއް ފަށައި ދިހަގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީއެވެ.

މިކަމާބެހޭގޮތުން ފިޝަަރީޒް މިނިސްޓްރީން ބުނެފައިވަނީ ހައިޑްރޮޕޯނިސްގައި ގަސް ހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް މާޅޮހުގައި ހިންގާފައިވާކަމަށާއި މި ޕްރޮގްރާމްގެ ދަށުން މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީފައިވާ ކަމަށެވެ. 

ހައިޑްރޮޕޯނިކްސް ނިޒާމު ޤާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ފިޝަރީޒް މިނިސްޓްރީން ވަނީ ގާއިމުކޮށްފައެވެ. 

މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 20 ފަރާތުން ވަނީ ބައިވެރިވެފައެވެ.

މިޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އެވެ.

މިއަދު އޮންލައިން