ނިޔާވި ފަސް މީހުން ހަނިމާދޫގައި ވަޅުލުމުގެ ތައްޔާރީތައް ވަމުންދަނީ!

ކިޔުމަށް ހޭދަވާނީ 33ސ
ނިޔާވި ފަސް މީހުން ހަނިމާދޫގައި ވަޅުލުމުގެ ތައްޔާރީތައް ވަމުންދަނީ!

މިއަދު މެންދުރު ވަގުތެއްގައި ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގާއި ނިޔާވި ފަސް މީހުންގެ ޖަނާޒާ، ހަނިމާދޫގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސަލާމް އަލީ "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަސް މީހުން ވަޅުލުމަށް މިހާރު ހިނަވަމުންދާ ކަމަށާއި، ފަސް މީހުން އެއްފަހަރާ ވަޅުލާތީ ޖަނާޒާއާއި ކަށުނަމާދު ބޭއްވޭނެ ވަގުތެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.

ނިޔާވި ފަސް މީހުންގެ އާއިލާތަކުން ވެސް މިހާރު ހަނިމާދޫއަށް އަންނަމުންދާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

 

ޕޮޓޯ ސޯޝަލް މީޑިއާ

މިއަދު އޮންލައިން