ސަލާމަތާ ރައްކާތެރިކަމަށްޓަކާ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުންގެ ޒިންމާއެއް: ޓަރާންސްޕޯޓް އޮތޯރިޓީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސަލާމަތާ ރައްކާތެރިކަމަށްޓަކާ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުންގެ ޒިންމާއެއް: ޓަރާންސްޕޯޓް އޮތޯރިޓީ

ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުންގެ ޒިންމާއެއް ކަމަށް ޓަރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ. 

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު މިއަދު ނިޔާވުމާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓިން ބުނީ އާދައާ ހިލާފަށް ވައި ބާރުވެ، ވިއްސާރަ ދުވަސްތަކުގައި ކަނޑު ދަތުރުކުރުމަކީ، ނުރައްކާތެރި އަދި ހިތާމަވެރި ކަމެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. އެފަދަ ހާލަތްތަކުގައި މީހުން އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާއިރު، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ، ކެޕްޓަންގެ ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. . 

އުޅަނދުފަހަރުގެ ކެޕްޓަން ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ވެސް ފާހަގަކޮށްފައެވެ. އެ ކަންތައްތަކަކީއެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ފަސިންޖަރުން އުޅަނދަށް އަރުވާފައިވަނީ ހުއްދަކޮށްފައިވާ މިންވަރަށްކަން ޔަގީންކުރުން.

ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން

ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން

މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުން

ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެންހުރިކަން ކަށަވަރުކުރުން

ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން

މޫސުމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުން


ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމާއެކުގައިކަން ކަށަވަރުކުރުމާއި  ދަތުރުގައި ދަތުރުކުރާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން އެމްއެންޑީއެފުން މިއަދު ބުނީ މިހާދިސާގައި ނިޔާވި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.  

"މިއަދު ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި  އެބޭފުޅުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވަން. މާތްﷲ މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި."

 

މިއަދު އޮންލައިން