ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ގޭސް ފުޅިއެއް ގޮވާ ހަ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:15 ހާއިރު ކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ ހަތަރު ދިވެހިންނަށާއި ދެ ބިދޭސީންނަށެވެ.
އަނިޔާ ލިބުނު މީހުންނަށް މިހާރު އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ.