ހަތް މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 24ސ
ހަތް މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފި

ކ. ގުޅިން މަހަތް މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ޑިންގީ ބަންޑުން ޖަހާލީ ނެގި ރާޅަކާއެކު ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހަށް ލިބުނީ މިރޭ 8:50 ހާއިރު ކަމަށެވެ.

މިހާދިސާގައި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ފުލުހުންވަނީ އެޑިންގީ ރަނގަޅުފުށަށް ޖަހާފައިކަމަށެވެ.

މިހާދިސާ ހިނގުމުން އޭގައިތިބި ހަތް މީހުން ވަނީ ސަލާމަތްވެ ގުޅީ ފުއްޓަރަށް ގޮސްފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން