މަސްފެންގަނޑަށް ވެއްޓުނު ކުޑަ ކުއްޖާގެ ހާލު ސީރިއަަސް, އޮތީ އައިސީޔޫގަ!

ކިޔުމަށް ހޭދަވާނީ 40ސ
މަސްފެންގަނޑަށް ވެއްޓުނު ކުޑަ ކުއްޖާގެ ހާލު ސީރިއަަސް, އޮތީ އައިސީޔޫގަ!

ލ. ގަމު ގެއެއްގެ ގޯތިތެރޭގައި ހުރި މަސް ފެންގަނޑަކަށް ވެއްޓުނު އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެކުއްޖާ މިހާރު އޮތީ އައިޖީއެމްއެޗް ގެ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކުއްޖާގެ ހާލަތާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ޑޮކްޓަރާއި ހަވާލާދެއްވާ އެހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ. އަދި އެކުއްޖާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްފެންގަނޑަށް ވެއްޓިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ މެންދުރުފަހު 15:30 ހާއިރުއެވެ.

ކުއްޖާއަށް ގަމު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން