ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން މީހަކު ހޯދަނީ!

ކިޔުމަށް ހޭދަވާނީ 1މ 21ސ
ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން މީހަކު ހޯދަނީ!

މަރާލާފައިވާ ކަމަށް މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުން ހާމަކޮށްފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލައާއި ގުޅޭގޮތުން މީހަކު ހޯދުމަށް އެކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.

އެކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެކޮމިޝަނުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، ކޮމިޝަނުން ހޯދަން ބޭނުންވާ މީހާ ދުއްވަން އިނީ ރަތް ކުލައިގެ ވޭވް ސައިކަލެކެވެ. ހުދު ކުލައިގެ ގަމީހަކާއި ޖިންސެއް ލައިގެން ހުރި އެ މީހާ ސައިކަލްގައި ގޮސް ކިއޫގައި ޖެހުމަށް ފަހު، ސައިކަލް ބަހައްޓާފައި އެއް ފަރާތަށް ޖެހޭ މަންޒަރު ފެނެ އެވެ. އަދި އިރުކޮޅެއް ފަހުން ފެންނަނީ އަނބުރާ ގޮސް ސައިކަލް މަތީގައި ވަރަށް ހަމަޖެހިލައިގެން އިށީނދެ އިންނަ ތަނެވެ. ވީޑިއޯ އިން ފެންނަ ގޮތުން ނަމަ އެ މީހާ ސައިކަލް އިން ނައްޓާލަނީ ސައިކަލްތައް ފެރީ އަށް އަރުވަން ގޭޓް ހުޅުވުމުންނެވެ.

ކޮމިޝަންގެ ޓްވީޓުގައި ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއަކީ އެކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ. އަދި އެމީހާއާއި ގުޅޭ މައުލޫމާތެއް އިނގޭނަމަ އެކަން ރިޔާސީ ކޮމިޝަނަށް އެންގުމަށް ވެސް ވަނީ އެދިފައެވެ.

 

 

 

މިއަދު އޮންލައިން