ދިވެހިންނަކީ ވާދަކުރާ ކަންކަމުގައި ދުނިޔެއަށް ގޮންޖަހާލުމުގެ ޤާބިލުކަން ހުރި ބައެއް: ނައިބް ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިވެހިންނަކީ ވާދަކުރާ ކަންކަމުގައި ދުނިޔެއަށް ގޮންޖަހާލުމުގެ ޤާބިލުކަން ހުރި ބައެއް: ނައިބް ރައީސް

ދިވެހިންނަކީ ވާދަކުރާ ކަންކަމުގައި ދުނިޔެއަށް ގޮންޖަހާލުމުގެ ޤާބިލުކަން ހުރި ބައެއް ކަމަށާއި ދިވެހިން ދަނީ އެކަން ސާބިތުކޮށްދީ ދުނިޔެއަށް ދައްކައިދެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ފަންނު އެކްސްޕޯ 2019" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ނަސީމް ވިދާޅުވީ އަޅުގަނޑުމެން ވިސްނައިލަންވީ ކަމަކީ ދިވެހިން ވާދަކުރާ ކަމެއްގައި، ދިވެހިންނާއި ވާދަކޮށްފައި، އެ ރޭހުގައި ވަކި ކުރިއެރިފައި އޮތީ ކޮންބައަކަށް ކަމާއިމެދުގައި ކަމަށެވެ.

"ދިވެހިންނަކީ އެ ކުރާ މަސައްކަތެއްގައި ނަތީޖާ ހާސިލުކުރާ ބައެއް. އެއީ ކިޔެވުމުގެ ރޮނގުން ކަމުގައިވިޔަސް، އުފެއްދުންތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް، އެއީ ބިލްޑިންގ ކޮންސްޓްރަކްޝަންގެ ރޮނގުން ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި ދުނިޔެއަށް ގޮންޖަހާލާވަރުގެ މަސައްކަތްތައް ދިވެހިން ކޮށްފައި ހުންނަ ތަން." ކަމަށްވެސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖެއަކީ، ވަރަށް މުއްސަނދި ޘަޤާފަތެއް އޮތް ޤައުމެއް ކަމަށާއި އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެ ކުޑައިރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ ދިވެހި ރައްޔިތުންގެ ހުނަރާއި ފަންނުވެރިކަން ކަމަށެވެ.

މިއަދު އޮންލައިން