ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަނީ!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާއެއް ކުރަނީ، އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރާ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.

އެފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އާއެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށްފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަން އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސަކު އޮޅުވާލި ކަމަށް ވެސް ދައުވާގައިވެއެވެ.

މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް މިހާރު ނަގައި ނިމިފައިވާއިރު، ދެން އޮންނާނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. ދިފާއީ ހެއްކެއްގެ ގޮތުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.

މިއަދު އޮންލައިން