އެމްއެންޑީއެފް އިން ދަނީ ހަދަމުންދާ އިމާރާތްތަކުގެ ސޭފްޓީ ނެޓް ނައްޓާލަމުން

ކިޔުމަށް ހޭދަވާނީ 2މ 43ސ
އެމްއެންޑީއެފް އިން ދަނީ ހަދަމުންދާ އިމާރާތްތަކުގެ ސޭފްޓީ ނެޓް ނައްޓާލަމުން

ހެންވޭރު އޮފްރޯޑް ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ހ. ފެހިއާބާދުގޭ ގައެވެ. މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:25 ގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސެސް އިން ވެސް ދަނީ އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އެސަރަޙައްދުގައި އޮތް ޕިކަޕެއްގައި ވެސް މިއަލިފާންގަނޑުގެ ސަބަބުންވަނީ ހުޅު ހިފާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ، އެތަނުން އެއްޗެހި ގޮވާ އަޑާއި ބިއްލޫރިތައް ތަޅައިގެން ދަމުންދާ އަޑު އިވެމުންދއެވެ.

ރޯވެފައިވަނީ ހ. ފެހިއާބާދުގަޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވީ ނަމަވެސް، ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި އަލިފާން ރޯވެފައިވަނީ ކަޅުހުރާ މަގުގައި ހުރި ބައެއް ގެތަކުގައެވެ.

20:08 ދުމުގެ އަސަރު ކޮށްގެން ބައެއް ކުޑަކުދިން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އެނގިފައިވާގޮތުގައި އެހިސާބުގަނޑު ގޭގެއިން މިހާރު ވަނީ މީހުން ވެސް ހުސް ކުރަން ފަށާފައެވެ.

20:09 އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައެވެ. ނަމަވެސް އެމްއެންޑީއެފް އިން އެކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

20:10 އޭޑީކޭ ހޮސްޕިޓަލު ކުއްލި ހާލަތަކަށް ގެނެސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

20:11 ގުދަން ކައިރީގައި ހުުރި ފަސް ގެއަކަށް އަލިފާން ކަނިތައް ބުރާފައިވޭ، އަދި ސޯސަން މަގަށް ވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ.

20:15 ގެއެއްގެ ފާޚާނާ ތެރޭގައި ދެ މައިން ތާށިވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ.

20:17 އަލިފާން ނިއްވާލުމަށް އެހީތެރިވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑު ފަޔަރ ލޮރީ މާލެ ގެނެސްފި ކަމަށް މައުލޫމާތު ލިބޭ.

20:20 ފުލުހުންނާއި ސިފައިން އަދިވެސް ދަނީ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަމުން. މިހާރު އެހިސާބުގަނޑު ގިނަ ގެތަކުން މީހުންވެސް ދަނީ ހުސްކުރަމުން.

20:25 ގެތަކުން ހުސްކުރި މީހުންނަށް ވަގުތީ ހިޔާ ގާއިމް ކޮށްދީފި

20:27 ވަގުތީ ހިޔާގެ ގޮތުގައި ހަމަޖެއްސީ ކަލާފާނު ސްކޫލް

20:30 އޭޑީކޭގަ އެމާޖެންސީ ސެންޓާރ ގާއިމް ކޮށްފި

20:33 އޭޑީކޭ އަށް ގެންގޮސްފައިވާ މީހުންދަނީ މެނޭޖް ކުރެވެމުން ކަމަށް ވެސް މައުލޫމާތު ލިބޭ.

20:35 އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުން ވަގުތީ ގޮތުން އޮތީ ހުއްޓާލާފަ. އެހޮސްޕިޓަލުން ވަނީ މާސްކުވެސް ބަހާފައި

20:40 ކޮމްޕްލެކްސް އޮޕަރޭޝަނެއް ކުރަން ޖެހިއްޖިއްޔާވެސް މިހޮސްޕިޓަލުން ހުރީ ތައްޔާރަށް: އޭޑީކޭގެ މެނޭޖަރ އައްފާލުް

20:42 އައިޖީއެމްއެޗް ވެސް އޮތީ ކުއްލި ހާލަތަކަށް ތައްޔާރަށް

20:45 ފާޚާނާގައި ތާށިވީ ދެމައިން ނެރެފި. އެމީހުން ތާށިވެފައި ތިބީ ރޯވި ގުދަނުގެ ކުރިމަތީގައިހުރި ގޭގެ ފާޚާނާއެއްގައި.

20:47 އަލިފާން ރޯވީ ހ. ފެހިއާބާދުގޭގައި ހުރި ގުދަނެއްގައި

20:50 އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ

20:51 ދުމުގެ އަސަރުކުރާ ހިސާބަށް ނުދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ

20:53 ރޯވިގޭގެ ކުރިމަތީ ގޭގެ ފުރާޅުގައިވެސް ވަނީ އަލިފާން ރޯވެފަ

20:53 ހަދަމުންދާ އިމާރާތްތަކުގެ ސޭފްޓީނެޓް އެމްއެންޑީއެފް އިން ދަނީ ނައްޓާލަމުން. އެމްއެންޑީއެފް އިން ބުނިގޮތުގައ ސޭފްޓީނެޓަކީ ފަސޭހައިން އަލިފާން ހިފާނެ އެއްޗެއް

20:55 އަލިފާން ރޯވެފައިވާ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަގުތީ ހިޔާ އަށް ދިއުމާށް އިލްތިމާސްކޮށްފި

 

ތަފްސީލު އަންނަނީ..

މިއަދު އޮންލައިން