21:00 އަލ؛ިފާން ރޯވެފައިހުރި ހ. އަބަދަށްފެހި މަގުގައި، އަލިފާން ނިއްވުމަށް ގެންގޮސްފައި ހުރި ގޭސް ސިލިންޑަރ ކައިރީގައި ބައެއް މީހުން ދަނީ ދުންފަތުގެ އިސްތިއުމާލު ކުރަމުން ކަމަށާއި، މިއީ ރައްކާތެރި ކަމެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ނަސޭޙަތްތެރި ވެއްޖެ
21:03 އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ، އެސަރަޙައްދަށް ވަރަށް ބޮޑަށްވަނީ ދުމުގެ އަސަރު ކޮށްފަ
21:04 އެސަރަޙައްދުގެ ގޭގޭގެ މީހުންވަނީ ވަގުތީހިޔާއަށް ބަދަލުކޮށްފަ. ވަގުތީހިޔާއަށް ހަމަޖެއްސީ ކަލާފާނު ސްކޫލް. ކަމާއިވެހޭ ފަރާތްތަކުން ވަނީ އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ވަގުތީހިޔާއަށް ބަދަލުވުމަށް އިލްތިމާސް ކޮށްފަ
21:05 އަލިފާން ރޯވި ސަރަޙައްދުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެބަހުންނެވި
21:07 ޑިފެނސް މިނިސްޓަރ ވިދާޅުވީ އަލިފާންގަނޑުދަނީ ކޮންޓްރޯލް ވަމުންކަމަށް
21:10 ޖެންޑާ މިނިސްޓަރ ޝިދާތާ ވަނީ ވަގުތީހިޔާއަށް ޒިޔާރާތްކޮށް، އެތަނަށް ދިޔަ މީހުންގެ ހާލު ބަލާފަ
21:12 މިނިސްޓަރ ޝިދާތާ ވިދާޅުވި ގޮތުގައި، މިފަދަ ހާދިސާއެއްގެ ސަބަބުން، ބައެއް ކުޑަކުދިންނަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފަ
21:20 ރޯވި އިމާރާތެއް އަރިއަޅާލާފައިވާ ކަމަށް މައުލޫމާތު ލިބޭ. ނަމަވެސް އެއީ ކޮން އިމާރާތެއްކަން އަދި ސާފެއް ނުވޭ
21:25 އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދުމުން ސަލާމަތްވުމަށް ބޭރަށް ނުކުންނައިރު މާސްކް އެޅުމަށް ދިވެހި ރެޑްކުރެސެންޓުން އިލްތިމާސް ކޮށްފި.
21:30 އަލިފާންގަނޑު ނިއްވާލުމަށް އާއްމުންގެ ބައެއް ރައްޔިތުންވެސް ދަނީ ހަރަކާތްތެރިވަމުން.
21:32 އަލިފާނުގެ ކަނިތައް އަދިވެސް ބުރަމުންދޭ
21:40 ގުދަނުގަ އަލިފާން ރޯވެފައިވަނީ ވަރަށް ބޮޑަށް.
21:42 އެސަރަޙައްދުގަ ހުރި ހުރިހާ ވެހިކަލްތައް ނެގުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފަ
ތަފްސީލު އަންނަނީ..