ރާއްޖެއިން ޢުމުރާއަށް ދާ މީހުން އަތުން ނަގަމުން އައި ރިޕީޓަރސް ފީ ސައުދީ ސަރުކާރުން ކަނޑާލައިފިއެވެ. މިގޮތަށް ހަމަޖައްސައިދިނުމުން ރިޕީޓަރްސްފީގެ ގޮތުގައި ކުރިން ދައްކަން ޖެހުނު 2000 ރިޔާލަ ދައްކާކަށް ދެން ނުޖެހޭނެއެވެ. މިހާރު ދައްކަން ޖެހޭނީ ހަމައެކަނި ވިސާފީ ކަމަށްވާ 300 ރިޔާލައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއިން ޢުމުރާއަށް ތަކުރާރުކޮށް ދާ މީހުންގެ އަތުންވެސް ވިސާފީއަށްވާ 300 ރިޔާލައިގެ އިތުރުން އެއްވެސް ފައިސާއެއް ސައުދީ ސަރުކާރުން ނުނަގާނެކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނެފައިވާ ކަމަށެވެ.
މިކަން މިގޮތަށް ހަމަޖައްސައިދިނުމަށް ޢުމުރާއަށް ތަކުރާރުކޮށް ދާ މީހުންގެ ފަރާތުން އަންނަނީ ވަރަށް ކުރިންސުރެ އެދެމުންނެވެ. 2000 ރިޔާލަ އިތުރަށް ދައްކަން ޖެހުމަކީ ޢުމުރާ ދަތުރެއްގެ އަގުގެ ތިންބައިކުޅަ އެއްބައާއި ގާތްކުރާ އަދަދެއްކަން ފާހަގަކޮށް ގިނަ ބައަކު އައީ ކަންބޮޑުވުން ފައުޅުކުރަމުންނެނެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާން:
