ޖޭޕީގެ މެންބަރުންގެ އަދަދު ތޭރަހާހަށް އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ޖޭޕީގެ މެންބަރުންގެ އަދަދު ތޭރަހާހަށް އަށް!

ރާއްޖޭގައި 3 ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީގެ މެންބަރުގް އަދަދު 13000 އަށް އަރައިފިއެވެ.

އެކަން ހާމަވީ އެޕާޓީގެ މެންބަރުންގެ ގޮތުގައި މިދިއަ މަހުގެ ނިޔަލަށް ތ11،072 މެންބަރުން ތިބުމާއި މި މުއްދަތުގެ ނިޔަލަށް ޕްރޮސެސް ނުކުރެވި 1163 މެންބާޝިޕް ފޯމް އޮތްކަން އިލެކްޘަންސް ކޮމިޝަނުން ހާމަކުރުމުންނެވެ.

ޖޭޕީ އިން ގެންދަނީ އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތް ފެށިފަހުން މިހައިތަނަށް 4000 ވަރަކަށް މެންބަރުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. 

އަދިވެސް އެންމެ މެންބަރުން ގިނައީ ވަނީ 53،695 މެންބަރުންނާއިއެކު އެމްޑީޕީއެވެ. ދެވަނައަށް އެންމެ މެންބަރުން ގިނައީ 36،073  މެންބަރުންނާއިއެކު ޕީޕީއެމްއެވެ.

މިއަދު އޮންލައިން