ޖުމްހޫރީޕާޓީގެ ޕްރައިމެރީ އަންނަ މަހުގެ ބާރައިގަ!

ކިޔުމަށް ހޭދަވާނީ 50ސ
ޖުމްހޫރީޕާޓީގެ ޕްރައިމެރީ އަންނަ މަހުގެ ބާރައިގަ!

މިއަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން އެ ޕާޓީގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެގޮތުން ޖޭޕީން މިއަދު ބުނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދަން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޖޭޕީން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރާށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށް ވެސް ބުންޏެވެ.

މިއަދު އޮންލައިން