ޖިންސީ އަމަލު ހިންގި ފަރާތްތަކަށް ހައްޤުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޖޭޕީން ގޮވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ޖިންސީ އަމަލު ހިންގި ފަރާތްތަކަށް ހައްޤުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޖޭޕީން ގޮވާލައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަމަލު ހިންގި ފަރާތްތަކަށް ހައްޤުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގޮވާލައިފިއެވެ.

މިކަމާގުޅިގެން ގުޅިގެން ޖޭޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ތުއްތު ކުއްޖާގެ ބައްޕަ ހިމެނޭގޮތަށް ދެ އަހަރު ނުވާ އެ ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުގައި ތިބި ބައެއް އެކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައިގެ ޚަބަރު ޖޭޕީއިން އަޑުއެހީ ނުހަނު ހިތާމައާއި ކަންބޮޑުވުމާއި އެކުގައި ކަމަށާއި އެފަދަ ލާއިންސާނީ އަމަލު ހިންގާ މީހުން މި ދިވެހި އިސްލާމީ މުޖުތަމައުގައި މަދުން ނަމަވެސް އުޅޭކަމީ ޖުމްހޫރިޕާޓިން ނުހަނު ހިތާމަކުރާ ކަމެއްކަމަށެވެ.

މި ބަޔާނުގައި ޖޭޕީ އިން ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައިވަނީ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބެ ކުދިންނަށް ދޭންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ އެފަދަ ފަރާތްތަކުން ކުރާ ހަޑި މުޑުދާރު އަމަލުތަކުން ޝިކާރަޔަކަށްވާ ކުދިންގެ ހައްޤުތައް ހިމާޔަތްކޮށް އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

 

 

މިއަދު އޮންލައިން