ވީމީޑިއާ އިން އިސްތިޢުފާ ދެއްވި ޢިމާދު ލަޠީފް ޖޭޕީ އާ ގުޅިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ވީމީޑިއާ އިން އިސްތިޢުފާ ދެއްވި ޢިމާދު ލަޠީފް ޖޭޕީ އާ ގުޅިވަޑައިގެންފި

ދިގު މުއްދަތެއްގައި ރާއްޖޭގެ އިސް މީޑިއާތަކުގައި ޚިދުމަތްކުރެއްވުމުގެ ތެރެއިން ވީމީޑިއާގައިވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު މީޑިއާގެ ހުރިހާ ރަސްމީ މަޤާމްތަކުން އިސްތިޢުފާ ދެއްވި މަޝްހޫރު ނޫސްވެރިޔާ ޢިމާދު ލަޠީފް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.

ޖޭޕީ އާއި ގުޅިވަޑައިގަތުމަށްފަހު ޢިމާދު ވިދާޅުވީ މިހައިތަނަށް ޚިދުމަތްކުރެއްވީ މީޑިއާގައި ކަމަށާއި އެއިރު މަސައްކަތްކުރެއްވީ އެއްވެސް ސިޔާސީ ފިކުރެއްގައި ނޫން ކަމަށެވެ. އަދި ވީމީޑިއާގެ ބާނީ ޤާސިމް އިބްރާހީމް އަކީ މީޑިއާގައި ޚިދުމަތްކުރާ މީހުންނަކީ ސިޔާސީ ފިކުރުގައި މަސައްކަތްކުރާ ބައަކަށް ނުވުމަށް ބާރުއަޅުއްވާ ލީޑަރެއް ކަމަށެވެ.

ޢިމާދު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ހުރި މައްސަލަތަކުގެ ޙައްލަކީ ޖުމްހޫރީ ޕާޓީގެ ފިކުރު ކަމަށެވެ. އަދި ޖޭޕީގހެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިސްނުންފުޅު ކަމަށެވެ. ޤައުމަށްޓަކައި ސިޔާސީ ފިކުރެއް އިޚްތިޔާރުކުރާނަމަ އެފިކުރަކަށް ހަދަން ޖެހޭނީ ޖޭޕީގެ ފިކުރު ކަމަށެވެ. އެއަށްވުރެ ރަނގަޅު ސިޔާސީ ފިކުރެއް ނެތް ކަމަށެވެ.

ޢިމާދު ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރާއްޖޭގެ ސިޔާސީ ކަންކަން އިޞްލާޙްކުރައްވަން ވަނީ ވަރަށް ބޮޑު ހޭދަތަކެއް ކުރައްވާފައި ކަމަށެވެ. "ބޭނުންފުޅުވި ނަމަ އެ ފައިސާއިން މަޝްހޫރު ލިވަރޕޫލް އާ މެންޗެސްޓަރ ވެސް ބައްލަވައިގަނެ ވަރަށް މަޝްހޫރުވެވަޑައިގެންނެވޭނެ. ނަމަވެސް ޤާސިމް އިބްރާހީމް ޚިޔާރުކުރެއްވީ ޤައުމަށް ޚިދުމަތްކުރައްވަން.'

ޖޭޕީ އިން ބޭނުންވާ އެއްވެސް އެއްވެސް ކަމެއް ނެތް ކަމަށާއި ބޭނުންވަނީ ހަމައެކަނި ޖޭޕީއަށް ޚިދުމަތްކުރައްވަން ކަމަށްވެސް ޢިމާދު ވިދާޅުވިއެވެ.

މިއަދު އޮންލައިން