ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ބޭއްވި "ޖެންގޯ ގަރލްސް މާލެ" ވޯރކްޝޮޕް ނިންމާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 39ސ
ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ބޭއްވި "ޖެންގޯ ގަރލްސް މާލެ" ވޯރކްޝޮޕް ނިންމާލައިފި!

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ޖެންގޯ ގާރލްސް މާލެ' ނަމުގައި 17 އަދި 18 ޖަނަވަރީ ގައި ކުރިއަށް ގެންދިއަ ވޯރކްޝޮޕްނިމި ބައިވެރިންނަށް ހަނދާނީލިޔުންދީފިއެވެ. 

ޖުމްލަ 28 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކޮށް ބާރުވެރިކުރުވުމެވެ.

"ޖެންގޯ ގާރލްސް މާލެ" ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯރކު ބޭނުންކޮށްގެން ބައިވެރިންނަށްވަނީ ވެބްސައިޓް ހަދަންވަނީ ދަސްކޮށްދީފައެވެ. މި ވޯރކްޝޮޕްގައި މެންޓާރސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ވިމެން އިންޓެކް މޯލްޑިވްސް އިން2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ 12 ބައިވެރިންނެވެ. މި ވޯކްޝޮޕް ޚާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.  

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ވަނީ އެހާ ކުޑަ ދުވަސް ކޮޅެއްތެރޭގައި މި ޕްރޮގްރާމުގައި ބައިވެރވާން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު އިތުރު ވުމުން އެކަމާ ވަރަށް އުފާފާޅުކޮށްފައިއެވެ. "ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދައުރު އަދިވެސް ފެންނަނީ ވަރަށް މަދުން. އެހެން ނަމަވެސް މި ޕްރޮގުރާމުގައި ބައިވެރިވި އަންހެނުންގެ އަދަދު އެންމެ 4 ދުވަހުގެ ތެރޭގައި ޑަބަލް ވެގެން ދިޔުމުން ވަރަށް އުފާވި. މީގެން އަންގައިދެނީ އަންހެނުން މި ދާއިރާއަށް ޝައުގުވެރިވާކަން އަދި އަންހެނުންނަށް ފުރުސަތުތަށް ހޯދައިދިނުމުގެ މުހިންމުކަން. ސަބަބަކީ މި ދާއިރާއަކީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ އަންހެނުންނަށްވެސް  ކުރެވޭނެ މުހިންމު މަސައްކަތަކަށް ވުމުން" ވިމެން އިން ޓެކް މޯލްޑިވްސް ގެ ކޯ ފައުންޑަރ، އައިޝަތު އަދުނާނު ވިދާޅުވިއެވެ. 

ނިމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރި އޮފް ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ދައުރު ޑިޒިޝަން މޭކިންގ ލެވެލްގައި އިތުރު ކޮށް ޓެކް ދާއިރާގައި ބާރުވެރި ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. އަދި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގައި ޒުވާން އަންހެނުންގެ ދައުރު މުސްތަގުބަލުގައި ފެންނާނެ ކަމުގެ ޔަގީންކަން މި ޕްރްގުރާމުގެ ސަބަބުން ލިބިގެންދިޔަ ކަމަށެވެ. 

ދިރާގުގެ ފަރާގުން އެ ކުންފުނީގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުން އަދި ވަކިން ހާއްސަކޮށް ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމެއްކަމަށެވެ. ޖެންގޯ ގަރލްސް އަދި ގަރލްސް ޓު ކޯޑް ފަދަ ޕްރޮގުރާމްތަކަށް ދިރާގުން ސަޕޯޓް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ގިނަ އަންހެން ކުދިން މި ދާއިރާގައި ކުރިއެރުވުމުގެ މަގުސަދުގައިއެވެ. 

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ގަރލްސް ޓު ކޯޑް ގެ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިއެވެ. އަދި މި ސީރީސް ގެ ފުރަތަމަ ޕްރޮގުރާމް ވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ބާއްވައިފައެވެ.

މިއަދު އޮންލައިން