އަންނަ އޭޕްރީލްް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެންފުށްޓާއި މާމިގިލިީގެ އިތުރުން މާލޭގެ އެއް ދާއިރާގައި ކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު، އަލީ އާރިފް ވިދާޅުވީ ޖޭޕީގެ ޓިކެޓަށް އެދިފައިވާ މެންބަރުންގެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ތިން ސަރަހައްދެއްގައި ކަމަށެވެ.
އަލީ އާރިފް ވިދާޅުވީ މިއިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދަން ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ޖަނަވަރީ ފުރަތަމަ ހަފްތާގައި ހުޅުވާލާފައިވާކަމަށެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރަން ޖޭޕީން ވަނީ ނިންމާފައެވެ.