5ޖީ ނެޓްވޯކް ސަޕޯޓު ކުރާ ވާވޭ މޭޓް 20 އެކްސް ދިރާގުން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފޯނު ތައާރަފު ކޮށްފައިވަނީ އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހްމޫދު އެވެ.
ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ތައާރަފު ކުރި ކުންފުނި، ދިރާގުން ބުނެފައިވަނީ މި ފޯނު މިރެއިން ފެށިގެން ދިރާގު ވެބްސައިޓު މެދުވެރިކޮށް ގަންނަން ލިބޭންހުންނާނެ ކަމަށެވެ.

ފްރަންޓް ކެމެރާއާ އެކު ހަތަރު ކެމެރާ ހިމެނޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މި ފޯނު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދިރާގުން ކަސްޓަމަރުންނަށް ދޫކުރަން ފަށާނެ ކަމަށެވެ.
ދިރާގުން މި ފޯނުތައް ވިއްކަނީ 15،899ރ. އަށެވެ.
އިންސްޓޯލްމެންޓަށް ފޯނު ނަގާނަމަ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑައުންޕޭމަންޓުގެ ގޮތުގައި 3،499ރ. ދައްކަން ޖެހޭނެ އެވެ. އެއަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،129ރ. އެވެ.