ކުދިކުދި އިންތިޚާބުތަކުގަ ބައިވެރިވުމަކީ ޖުމްހޫރީ ޕާޓީން އެހާ އިސްކަންދޭ ކަމެއް ނޫންކަމަށާއި ޖުމްހޫރީ ޕާޓީ އަށް އެންމެ މުހިއްމީ ރިޔާސީ އިންތިޚާބު ކަމަށް ޖުމްހޫރީ ޕާޓީ ގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެވެ.
ރިޔާޒު ރަޝީދު މިހެން ވިދާޅުވީ މިއަދު އެޕާތީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވިލުފުށި ދާއިރާގެ މެމްބަރުކަނ ވެސް ކުރެއްވި ރިޔާޒު ރަޝީދު ވިދާޅުވީ ޖޭޕީ އަކީ ކޮންމެ ރިޔާސީ އިންތިހާބަކަށް ވެސް ވަރުގަދަ އަށް ތައްޔާރުވާ ޕާޓީއެއް ކަމަށާއި ކުދިކުދި އިންތިހާބުތަކުގައި ބައިވެރިވުމަކީ ޖޭޕީން އެހާ އިސްކަންދޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީން ތައްޔާރުވާނީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކަމަށެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން މިފަހަރު މި ނިކުންނަނީ 2023 ކާމިޔާބު ކުރުމުގެ ވަރަށް ފުރިހަމަ އަޒުމެއްގައި ކަމަށެވެ.
އންނަމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން 127 ގޮނޑި އަކަށް ވާދަކުރާއިރު މިއިންތިހާބަށް ކެންޑިޑޭޓުން ނެރެން އެ ޕާޓީގެ ލީޑަޝިޕުން މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވިއެވެ.