ޖުމްހޫރީ ޕާޓީގެ ބޮޑު ޖަލްސާ ފަސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ޖުމްހޫރީ ޕާޓީގެ ބޮޑު ޖަލްސާ ފަސްކޮށްފި

އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ބޮޑު ޖަލްސާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ގެ ސަބަބުން ފަސްކޮށްފިއެވެ.

މިކަމާގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އައި ބައެއް ފަތުރުވެރިން އެނބުރި އެމީހުންގެ ގައުމަށް ދިޔަ ފަހުން ކޮވިޑް19 ވައިރަސް ފެނިފައިވުމުން އެ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށާއި ދިވެހިންނަށްވެސް ފޯރާނެކަމުގެ ބިރު އިންތިހާއަށް މިދަނޑިވަޅުގައި އެބައޮތް ކަމަށާއި އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ގިނަބަޔަކު އެއްވާ ތަންތަނަށް ދިއުމަކީ އޭގެ ޒާތުގައި އެހާ ރަނގަޅު ކަމެއް ކަމަށް އެޕާޓީން ނުދެކޭކަމަށާއި މިފަދަ ހާލަތެއްގައި ވިސްނަންވާނީ ސިޔާސީ ފައިދާއަށްވުރެ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

ހާލަތު ރަނގަޅުވުމުން ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅާނެ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން