މިއަހަރު ހޫނު މޫސުމުގަ އެންމެ ހޫނު ގަދަވާނީ އުތުރަށް!

ކިޔުމަށް ހޭދަވާނީ 54ސ
މިއަހަރު ހޫނު މޫސުމުގަ އެންމެ ހޫނު ގަދަވާނީ އުތުރަށް!

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރަކީ ހޫނު ގަދަވާނެ އަހަރެއް ކަމަށާއި އެންމެ ހޫނުގަދަ ވާނެކަމަށް ރިކޯޑްތަކުން ދައްކަނީ ރާއްޖޭގެ އުތުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މިއަހަރު ފެށުނުއިރުވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ ރާއްޖޭގައި އާއްމުކޮށް، ހޫނު ދުވަސްތަކުގެ ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ ވެސް މަތީގައި ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އެއޮފީހުން ބުނީ މިއަހަރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކުރެވެނީ މެދު ރާއްޖެތެރެއަށް ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ފިނިހޫނުމިން އެންމެ ދަށްވާނީ ރާއްޖޭގެ ދެކުނަށެވެ.

މެޓް އޮފީހުން ބުނީ ދުނިޔެގެ ފިނިހޫނުމިނަށް ބަލާއިރުވެސް ފަހުގެ އަހަރުތަކަކީ ހޫނުގަދަ އަހަރުތަކެއް ކަމުގައި ރިކޯޑްތަކުން ދައްކާ ކަމަށެވެ. އަދި މިކަން ބެލެވިފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާކަމެއްގެ ގޮތުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ފިނިހޫނުމިން ދަށް ވާން ފަށާނީ މިމަރަޗް މަހުގެ މެދެއްހާ ހިސާބު، ހުޅަނގުމޫސުމުގެ ވިއްސާރަ ކުރަން ފެށުމުންކަމަށްވެސް މޫސުމާބެހޭ ޤައުމީ މަރުކަޒުން ލަފާ ކޮށްފައިވެއެވެ.

މިއަދު އޮންލައިން