މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ގދ. މާވަރުލު އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު 11:11 ގަ އެވެ. މި އެއާޕޯޓަށް  ޓެސްޓް ފްލައިޓްގެ ގޮތުގައި ފުރަތަމަ ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

ގދ. ގައްދޫ ކައިރީގައިވާ މާވަރުލުގައި އެއާޕޯޓެއް ހެދުމަށް އެމްޑީޕީގެ ސަރުކާރުން 10 ޖުލައި 2011ގައި ފުރަތަމަ ހަވާލުކޮށްފައިވަނީ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށެވެ. ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން މި އެއާޕޯޓުގެ މަސައްކަތް އަލުން ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏަށް އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

އެމްޓީސީސީން ބުނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅި ތާރީހަށްވުރެންވެސް އަވަހަށް ކަމަށެވެ.

މާވަރުލު އެއާޕޯޓަކީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަހަރުތެރޭގައި ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވި ފަސް އެއާޕޯޓުގެ ތެރެއިން އެއާޕޯޓެކެވެ.

މިއަދު އޮންލައިން