ތޮއްޑޫ އާއި ގެމަނަފުއްޓަށް މީހުން އަރައިފޭބުން ކޮންޓްރޯލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތޮއްޑޫ އާއި ގެމަނަފުއްޓަށް މީހުން އަރައިފޭބުން ކޮންޓްރޯލުކޮށްފި

މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވޮޑް-19 އާ ގުޅިގެން އއ. ތޮއްޑޫ އާއި ގއ. ގެމަނަފުއްޓަށް މީހުން އެރުން އުސޫލެއްގެ ދަށުން ކޮންޓްރޯލުކޮށްފިއެވެ.

ކޮވޮޑް-19 އާ ގުޅިގެން ތޮއްޑޫއަށް މީހުން އަރައި ފޭބުން ކޮންޓްރޯލުކުރީ ރައްޔިތުންގެ އެދުމުގެ މަތިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެޅި ކަމަށް އެރަށު ކައުންސިލުގެ ނައިބު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތޮއްޑޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން އޮޑިވެރިންނާއި ލޯންޗު އޮޕަރޭޓަރުންނާއި ދަނޑުވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން ގެމަނަފުށީ ކައުންސިލް ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށްވެސް އައިސްފައިވާއިރު، މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެރަށުގައި އެކުލަވާލައިފައިވާ "ކޮވިޑް19 ރަށު ކޮމިޓީ" ނިންމާފައިވާ ކަމަށެވެ. 

އަދި މި ނިންމުމަކީ ރަށުގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތަކެއް ކަމަށާއި އަދި އެންމެހާ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް ކައުންސިލުން ވަނި އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން