އިސްލާމް ދީނަށް އިންކާރުކުރި މީހާ އަލުން ޓްވީޓްކުރަން ފަށައިފި! ބުނަނީ އަދިވެސް އެކަން ކުރާނެ ކަމަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އިސްލާމް ދީނަށް އިންކާރުކުރި މީހާ އަލުން ޓްވީޓްކުރަން ފަށައިފި! ބުނަނީ އަދިވެސް އެކަން ކުރާނެ ކަމަށް!

އިސްލާމްދީނަށް އިންކާރުކޮށް ކީރިތި ރަސޫލާއަށާއި އިސްލާމްދީނުގެ އަސާސްތަކަށް މަލާމާތްކޮށް ފުރައްސާރަކުރި މައްސަލައެއްގައި ގދ.ތިނަދޫން ބަންދުކުރި ރުސްތުމް އަލުން ޓްވީޓްކުރަން ފަށައިފިއެވެ. އޭނާ ބުނަމުން ގެންދަނީ އަދިވެސް އެކަން ކުރާނެ ކަމަށެވެ.  

އޭނާ ދޫކޮށްލާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކޯޓުންނެވެ. 

މިކަމާއިގުޅިގެން ދީނީ ބައެއް ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

إنا لله وإنا إليه راجعون

ކޮރޯނާ ގެ ހާސްކަމުގެ ތެރޭގައި މީސްތަކުން މަސްއޫލުވެފައިވަނިކޮށް، ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރު ކޮށްފައިވާ މީހާ މިދަނޑިވަޅުގައި ދޫކޮށްލުމީ ރޭވުމެއްކަމުގައި ނޫނީ ބެލެވޭކަށް ނެތެވެ.އެއީ ކުށަކަށް ނުވަނީތޯ؟" –ޝައިޚް ޢަބްދުﷲ ބިން ޖަނާބް 

"ރާއްޖޭގައި ފައުޅުގައި ތިމާއަކީ މުސްލިމެއް ނޫނޭ ބުނެފައިވާ މީހަކު އަނބުރާ ދީނަށް ނުވަންނަ ޙާލު، ދޫކޮށްލުމަކީ ވަރަށް ބޮޑު ނުބައެކެވެ. މިފަދަ މީހުން ހައްޔަރުކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތައް ގޮވާލަން. އިސްލާމް ދީނަށް ރުޖޫޢަ ނުވެ އަލުން ޓްވީޓްކުރާނަމަ އޭނާ ހައްޔަރުކުރަން ފުލުހުންނަށް ޖެހޭނެ!" ޝައިޚް ޢަލީ ޒައިދު  

ތިރީގައި މިވަނީ ރުސްތުމް އާއި ބެހޭ ގޮތުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ލިޔުމެކެވެ. 

ރުސްތުމް ހައްޔަރުކޮށްފައިވަނީ އިސްލާމްދީނަށް އިންކާރުކޮށް ކީރިތި ރަސޫލާއަށާއި އިސްލާމްދީނުގެ އަސާސްތަކަށް މަލާމާތްކޮށް ފުރައްސާރަކުރި މައްސަލައެއްގައި ގދ.ތިނަދޫންނެވެ. އޭނާގެ ބަންދަށް ކުރީގައި މުއްދަތު ޖަހާފައިވެއެވެ. ރުސްތުމް ދޫކޮށްލުމާއެކު، އޭނާ ކޯޓަށް ދީފައިވާ ބަޔާނުގެ ބައިތަކެއް އޭނާ ޓުވިޓާގައި ހިއްސާކޮށްފައިވެއެވެ. އެބަޔާނުގައި އޭނަ ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ނަބިއްޔާއަށް ހަޖޫޖަހައި ލިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމުގައާއި އަދި އެކަން އޭނާ ހުއްޓައިނުލާ ކުރަމުންދާނެ ކަމުގައެވެ

އަދި ހަމައެއާއެކު އޭނާ ދޫކޮށްލުމާއެކު ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް ޖާގަ ލިބިގެންދާނެ ކަމުގައި ބުނެ، އިސްލާމްދީނަށް ހަޖޫޖަހައި ދީނަށް ފުރައްސާރަކުރަން ފަށާފައިވެއެވެ

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރުސްތުމް މިނިވަންކޮށްފައިވަނީ ކޯޓުންނެވެ. ކޯޓުން އޭނާ މިނިވަންކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވާފައިވެއެވެ. ނަމަވެސް ކޯޓުން އޭނާ ދޫކޮށްލަން ނިންމި ސަބަބެއް މިހާތަނަށް އެގިފައެއްނުވެއެވެ 

މިއަދު އޮންލައިން