ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރަން ނަފާ ނަސީމް އިލްތިމާސް ކުރައްވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރަން ނަފާ ނަސީމް އިލްތިމާސް ކުރައްވައިފި!

މިހާރު ދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބުބުން ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށްޓަކައި ކާބޯތަކެތި އަމިއްލައަށް އުފައްދާ މިންަވރު އިތުރުކުރަން އިޤްޠިޞާދީ މާހިރު ނަފާ ނަސީމް އިލްތިމާސްކުރައްވައިފިއެވެ. 

ނަސީމް ވިދާޅުވީ ކޮރޯނާ ރޯގާ ފަދަ ކާރިސާއެއް ކުރިމަތި ވުމުން "އިނަފް ސަޕްލައި" އެއް ނުހުންނާނެ ކަމަށާއި ގެންނަން ވެސް ދަތިވާނެ ކަމަށެވެ. "ސަރުކާރަށް، ވިޔަފާރި ކުންފުނި ތަކަކަށް އެކަމެއް ހައްލެއް ނުވާނެ. ވީމާ އަވަހަށް ކާބޯތަކެއްޗަށް ނުޖެހޭނެ ގޮތަށް އުޅެންވީ. މި ރޯގާގެ ފަރުވާއަކީ އުޅުން ބަދަލުކުރުން. ބޭހެއް އަދި ނެތް.!" 

"އެގްރިކަލްޗަރ ކޯޕަރޭޝަން ހައްދަވާށޭ. ބޮޑު މަޝްރޫއެއް އެކުލަވާލާށޭ، ބިންބޮޑު، ރަށްރަށުގައި ގްރީންހައުސް އަޅުއްވާށޭ. ހެއްދޭ ވަރަކަށް ތަރުކާރީއާ މޭވާ ހައްދަމާ ހިނގާށޭ. ގިނަމީހުން ތިބި ސިފައިންގެ ސިފްކޯ ކުންފުނިން ވެސް މިކަހަލަ މަޝްރޫއެއް ހިންގާށޭ. ހިތްވަރުކުރަމާ ހިނގާށޭ، ވާނޭ!!"—ނަފާ ނަސީމް 

ނަސީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު މިއީ ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެކަމަށް ބަލައިގެން ތިބެންވީ ވަގުތެއް ނޫނެވެ. ގޯތީގައި ޖާގަ އޮތްނަމަ އެންމެ ފަޅޯގަހެއް ، ދަނޑިއަލުވި ގަހެއް ނަމަވެސް އިންދައި ކާބޯތަކެތި ހޯދަން މަސައްކަތްކުރަންވީ ވަގުތުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން