އިނގިރޭސިވިލާތުގަ ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރަށް ފަސްކޮށްފި! ރާއްޖޭގަ ފަނަރަ ދުވަސް!: ޢާދިލް ސަލީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިނގިރޭސިވިލާތުގަ ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރަށް ފަސްކޮށްފި! ރާއްޖޭގަ ފަނަރަ ދުވަސް!: ޢާދިލް ސަލީމް

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިނގިރޭސިވިލާތުގައި ލޯކަލްކައުންސިލްތަކުގެ ޢާންމު އިންތިޚާބު އެއް އަހަރު ދުވަހަށް ފަސްކޮށްފައިވާއިއރު ރާއްޖޭގައި އެންމެ 15 ދުވަހަށް ފަސްކުރުމުން ކުރީގެ ޓްރާންސްޕޯތް މިނިސްޓަރު ޢާދިލް ސަލީމް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ އިންތިޚާބު މިހާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ކަންކަން މިހާލަތުގައި އޮތްއިރު ޙާލަތަށް ނުބަލައި ޤާނޫނު ހުއްދަކުރާތީ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބުނަނީ މިހާރުވެސް އިންތިޚާބަށް ތައްޔާރުވާން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައިވާ ކަމަށެވެ.

މިފަދަ ކަންކަމާއި ގުޅިގެން ގިނަ ބައަކު ބުނަނީ ރާއްޖޭގައި މިހާރު ކުރަން ބޭނުންވާ ކަންކަން ކުރަނީ ދުނިޔޭގެ ތަޖުރިބާއަށްވެސް ބަލައިގެން ނޫން ކަމަށެވެ.

މިއަދު އޮންލައިން