ކުރިއަށް އޮތް ރޯދަމަހު ފިހާރަތަކާއި ހޮޓާތަށް ނުވަތަ ކެއުން ބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ވިޔަފާރިތައް ހުޅުވާފަ ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުން އިން ފެށިގެން ރޯދަ ހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ޖަހަން ދެން ކަމަށާއި އަދި ރޯދަ މަހުގެ ރޭތަކާއި ޖެހިގެން އަންނަ ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ އިރުއޮއްސުމާއި މެންދަމު 3:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.
ކަލަންޑަރުގައި ވާގޮތުންނަމަ މިއަހަރުގެ ރޯދަމަސް ފެށޭނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.